ނޭމާ ހޯދުމުގެ މަސައްކަތުގައި ބާސެލޯނާގެ ޓެކްނިކަލް މެނޭޖަރު ފްރާންސަށް

ބްރެޒިލްގެ ތަރި ނޭމާ ހޯދުމުގެ މަސައްކަތުގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން އެކްލަބުގެ ޓެކްނިކަލް މެނޭޖަރު އެރިކް އަބީދާލް ފްރާންސަށް ފޮނުވައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ފްރާންސްގެ ޕީއެސްޖީއާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް އަބީދާލްއާއެކު ބޯޑު މެންބަރު ހާވިއޭ ބޯޑަސްއާއި އަންޑްރޭ ކަރީވެސް މިދަތުރުގައި ބައިވެރިވެފައިވެއެވެ.

މީގެއިތުރުން ބާސެލޯނާއިން ނޭމާއަށް +100 މިލިއަން ޔޫރޯގެ އިތުރުން ފިލިޕޭ ކުޓީނިއޯވެސް ހުށަހަޅާކަމަށް ބައެއް މީޑިއާތަކުގައިވަނީ ރިޕޯޓްކޮށްފައެވެ.

ކުރިން ބާސެލޯނާއަށް ކުޅުނު ނޭމާ ޕީއެސްޖީއިން 222 މިލިއަން ޔޫރޯއަށް ގަނެފައިވަނީ 2017 ވަނަ އަހަރުއެވެ. އެހެންކަމުން ޕީއެސްޖީ ބޭނުންވަނީ ނޭމާ ވީއެންމެ ބޮޑު އަގުގައި ވިއްކާލުމަށެވެ.

ސްޕެއިންއަށް ބަދަލުވާން ބޭނުންވާކަމަށް ދާދިފަހުން ބުނި ނޭމާ ހޯދުމުގެ ރޭހުގައި ބާސެލޯނާގެ އިތުރުން ވާދަވެރި ރެއަލްމެޑްރިޑުންވެސްދަނީ މަސައްކަތްކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއަލްމެޑްރިޑުން ނޭމާއަށް +100 މިލިއަން ޔޫރޯގެ އިތުރުން ޕީއެސްޖީ ހުށަހަޅާ ކުޅުންތެރިއެއް ދިނުމަށްއޮތީ ތައްޔާރަށެވެ.

ފްރެންޗް ލީގު 1 ގެ މިއަހަރުގެ ސީޒަން މިނިމުނު ހަފްތާ ބަންދުގައި ފެށިފައިވާއިރު، ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗު ކުޅެފައިވަނީ ނޭމާ ނުހިމަނައެވެ. އެމެޗު ޕީއެސްޖީ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ލަނޑުތައް ޖަހާދީފައިވަނީ ކަވާނީ، އެމްބާޕޭ އަދި ޑީމާރިއާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ