ފުލުހުންނަށް އިންޒާރުދީ ފުލުހުން ދުއްވަން ގެންގުޅޭ ސައިކަލަކަށް ގެއްލުން ދިން މީހަކު އދ. މަހިބަދޫ އިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ފުލުހުންނަށް އިންޒާރުދީ، ފުލުހުންގެ ސައިކަލަކަށް ގެއްލުންދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ރޭ ދަންވަރު 00:15 ހާއިރު ފުލުހުން ހައްޔަރުކޮށްފައިވަނީ، އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހަކަށް އިންޒާރުދީ ގެއްލުންދީގެން މީހަކު ހައްޔަރުކުރިކަން ހާމަކުރެއްވި ނަމަވެސް، އޭނާ ފުލުހުންނަށް އިންޒާރުދިނީ ކޮން އިރަކުކަމާއި، ފުލުހުންގެ ސައިކަލަށް ދީފައި ވަނީ ކިހައި ވަރެއްގެ ގެއްލުމެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.