އަޑުގަދަކުރާތީ ރުޅިއައިސްގެން ހަދަމުންދިޔަ އިމާރާތަކަށް އެރި، އުމުރުން ދުވަސްވީ މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
"ހަދަމުންދިޔަ އިމާރާތެއްގައި އަޑުގަދަކުރާތީ ހިތްހަމަނުޖެހިގެން، ޖެހިގެން ހުރި ގޭގައި ދިރިއުޅޭ 40 އަހަރުގެ ދިވެހި ފިރިހެނެއް، މަސައްކަތްކުރަމުންދިޔަ އިމާރާތަށް އަރާ އުޅެނިކޮށް." ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފުކޮށްދެމުން ފުލުހުން ވިދާޅުވިއެވެ.
އެމީހާ ވެއްޓިފައިވަނީ ހަދަމުންދިޔަ އިމާރާތަށް އަރާ އުޅެނިކޮށް، އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާގެ ވައިގޮޅިން، ދެވަނަ ފަންގިފިލާއަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 10:15 ހާއިރުއެވެ.
ފުލުހުން ބުނެފައިވަނީ، މިހާދިސާގައި ވެއްޓުނު މީހާއަށް ބޭރުފުށުން މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އަދި ވައިގޮޅީގައި އިން 2 އައޓުޑޯރ ޔުނިޓަށް ގެއްލުން ވެފައި ވާކަމަށެވެ.
މިހާދިސާގައި ވެއްޓުނު މީހާއަށްވަނީ އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދީފައެވެ.
ހިޔާލު
ބޮއެގެންނޭ ހަބަރުލިޔަނީ ނުކެރޭނެ މިކޮމެންޓް ޖަހާކަންވެސް
Mi habaru liuny thuhthu kuhjeh
ޢާލީ ވިސާމް އަކީ ކުޑަ ކުއްޖެއް ކަންނޭނގެ
40 އަހަރު މުސްކުޅި؟ އެހެން ވިއްޔާ 70 އަހަރު އެއީ ގަދީމީ ދޯ
Salhys aharu meehakah kiyaatha dhuvasvee meehekay ?
40 އަހަރުގެ މީހެއް ވާނެތަ އުމުރުން ދުވަސްވީ މީހަކަށް؟
ކޮމެންޓް ކުރުން ބަންދު