ކޮފީ ފުޅިތަކަކާއި ސެންޓް ފުޅިތަކެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައި ވަނީ ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވާ ބަލާ ފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮފީ ފުޅިތަކަކާއި ސެންޓް ފުޅިތަކެއް ފެނުމުންނެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 08:30 އެހާކަންހާއިރު އޭޑިކޭ ކައިރިންނެވެ. މި މީހާއަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 4 ކޮފީ ފުޅިއާއި 6 ސެންޓް ފުޅި ވަނީ ފެނިފައެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.