ގިނަ އަދަދެއްގެ ރުފިޔާއާއި ފޯނުތަކެއް ވަގަށް ނެގި މީހަކު ބައިގަޑިއިރު ތެރޭ ހައްޔަރުކޮށްފި

ވިލިމާލެ ބީޗަށް މޫދަށް އެރި އުޅުނު ބައެއްގެ ފޯންތަކަކާއި ގިނަ އަދަދެއްގެ ރުފިޔާ ވަގަށް ނެގި މީހަކު ބައިގަޑިއިރު ތެރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 10:00 އެހާކަންހާއިރުއެވެ. އަދި މި މައްސަލާއާއި ގުޅިގެން މިއަދު 10:30 އެހާކަން ހާއިރު މި ތަކެތި ވަގަށް ނެގި މީހާ ހޯދާ އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވަރަށްނެގި ތަކެތި ހޯދާ ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ