ހަޒާޑަށް އަނިޔާވެ، ބޭލްއަށް ފުރުޞަތު ބޮޑުވެއްޖެ

ކުރިއަންއޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ސްޕެއިންގެ ރެއަލްމެޑްރިޑުން އެކްލަބަށް ދާދިފަހުންގެނައި، ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑަށް އަނިޔާވެ، ފުރަތަމަ އެގާރައިގެ ފުރުޞަތު އެކްލަބަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލްއަށް ބޮޑުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ފަރިތަކުރުން ތަކުގައި ހަޒާޑަށް އަނިޔާވެފައިވާއިރު، ތިނެއް ނުވަތަ ހަތަރެއް ހަފްތާވަންދެން ހަޒާޑު ކުޅުމާއި ދުރުގައި ހުންނާނެކަމަށް ބެލެވެއެވެ.

"މިއަދުގެ ފަރިތަކުރުން ތަކުގައި ލިބުނު އަނިޔާތަކާއި ގުޅިގެން ރެއަލްމެޑްރިޑުގެ މެޑިކަލް ސާރވިސް ހެދި ޓެސްޓުތަކުން ހަޒާޑުގެ ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން އެނގޭ" ރެއަލްމެޑްރިޑުގެ ވެބްސައިޓްގައިވެއެވެ.

ހަޒާޑުގެ ބަދަލުގައި އެކްލަބުން ބޭނުންކުރާނީ ބޭލް ނުވަތަ ރޮޑްރިގޭޒްއެވެ. މިދެކުޅުންތެރިންވެސް ކްލަބު ދޫކޮށްލަން އުޅޭކަމުގެ ގިނަ އަޑުތަކެއް މިދޭތެރެއިންވަނީ ފެތުރިފައެވެ.

ބޭލް އަދި ރޮޑްރިގޭޒް - ފޮޓޯ: ފޮކްސް

"ބޭލް ދާން އުޅުނުނަމަވެސް އަދިވެސް ހުރީ އަހަރެމެންނާއެކު. ކަންތައްތައް މިވަނީ ބަދަލުވެފައި. ބޭލްގެ ބޭނުން ހިފޭތޯ އަހަރެން މަސައްކަތް ކުރާނަން. ކްލަބުގައި ހުރި ހުރިހާ ކުޅުންތެރިންގެވެސް ބޭނުން ހިފަން އަހަރެން ގަސްތުކުރަން." ރެއަލްމެޑްރިގެ ކޯޗު ޒިދާން ބުންޏެވެ.

މީގެ އިތުރުން ޒިދާންބުނެފައިވަނީ ރެއަލްމެޑްރިޑްގައި ބޮޑު ޓީމެއް އެބައޮތްކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ބޭނުންކުރަން ޤަސްތުކުރާއިރު، އެހުރިހާކުޅުންތެރިންވެސް ކްލަބުގައިހުރީ ވަރަށް އުފަލުންކަމަށެވެ.

މިހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮށް ރެއަލްމެޑްރިޑާއި ހަޒާޑު ގުޅުނީ 100 މިލިއަން ޔޫރޯއަށެވެ. ރެއަލްމެޑްރިޑާއެކު ހަޒާޑު ހަދާފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

ލަލީގާ 2019-20 މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މިރޭ 12:00 ގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗުގައި ބައްދަލުކުރާނީ އެތުލެޓިކޯ ބިލްބާއޯއާއި އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއެވެ.

ރެއަލްމެޑްރިޑްގެ ފުރަތަމަ މެޗު މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ސެލްޓާވިގޯއާއި ދެކޮޅަށް ރެއަލްމެޑްރިޑް މާދަމާރޭ ނުކުންނާނީ 08:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ