އެލްކްލެސިކޯގައި މެސީއަށް ނުކުޅެވޭނެ
ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ އަންނަ މަހު އިކުއެޑޯ އަދި ބޮލީވިއާ އާއި ދެކޮޅަށް ކުޅޭ 2 މެޗުގައިވެސް އާޖެންޓީނާގެ ސްކޮޑްގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހިމެނިފައިވާތީ، މެސީ އަށް އެލްކްލެސިކޯގައި ކުޅެވޭނެ ކަމަށް ނުބެލެވެއެވެ. ވޯލްޑްކަޕް ކޮލިފައިންގައި ބޮލީވިއާ އަދި އާޖެންޓީނާ ބައްދަލު ކުރާ މެޗު އޮކްޓޯބަރ 13 ވަނަ ދުވަހު އޮންނައިރު ބާސެލޯނާ އަދި ރެއަލްމެޑްރިޑް ބައްދަލުކުރާ މެޗު އޮންނާނީ އޭގެ 12 ދުވަސް ފަހުން އޮކްޓޫބަރ 25 ގައެވެ. ނަމަވެސް 14 ދުވަހުގެ ކަރަންޓީޏް ފުރިހަމަ ކުރަން ޖެހޭނެތީވެ މިމެޗުގައި މެސީ އަށް ނުކުޅެވޭނެ އެވެ. ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓިނާ އަދި އިކުއެޑޯ ބައްދަލުކުރާ މެޗު އޮންނާނީ އޮކްޓޫބަރ 8 ވަނަ ދުވަހު އެވެ.
ސުއަރޭޒް ޔުވެންޓަސްއަށް ނުގެންދާނެކަމަށް ބެލެވެން ފަށައިފި
ބާސެލޯނާގެ ސްޓްރައިކަރ ލުއިސް ސުއަރޭޒް އިޓަލީގެ، ޔުވެންޓަސް އަށް ނުގެންގޮސްފާނެ ކަމަށް އަޑުތަށް ފެތުރެން ފަށައިފިއެވެ. އިޓަލީގެ މައްސޫރު ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ފަބްރިޒޯ ރޮމާނޯ ވަނީ މިސީޒަނުގައި ސުއަރޭޒް ޔުވެންޓަސް އަށް ނުގެންދާނެ ކަމަށް ބުނެފައެވެ. ރޮމާނޯ ބުނާގޮތުން ރޯމާގެ ފޯވަޑް އެޑިން ޒެކޯ ކުރިޔަށް އޮތް ދެތިން ދުވަސް ތެރޭގައި ޔުވެންޓަސް އަށް ގުޅޭނެއެވެ.

ސްއަރޭޒް އަށް އިޓަލީގެ ޕާސްޕޯޓަށް އެދިވިދާނެ ކަމަށާއި ބާސާއިން ސްއަރޭޒް އާއި މެދު ކުރިޔަށް އޮތް ދުވަސް ތަކުގައި ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ރޮމާނީ ވަނީ ބުނެފައެވެ. ނަމަވެސް ސްއަރޭޒް އަށް އަދިިވެސް ޔުވެންޓަސް އަށް ގުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ސުއަރޭޒް ވަނީ ބުނެފައެވެ.
Juventus are at final stages to complete Dzeko deal as new striker. Luis Suarez will have his Italian passport but talks are *not* ongoing with Juve. Dzeko is gonna join on next days. Barça will consider other bids on following days because Suarez is still out from #FCB plans. ?
— Fabrizio Romano (@FabrizioRomano) September 17, 2020
ބޭލް ދިގު މުއްދަތަކަށް ޓޮޓެންހަމްގައި މަޑުކޮށްފާނެ

ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަން ނިމެންދެން ރެއަލްމެޑްރިޑްގެ ތަރި ގަރެތު ބޭލް ޓޮޓެންހަމްއަށް ބަދަލުވުމަށް ނިންމާފައިވާއިރު އެކުލަބުގައި އިތުރު ސީޒަން ތަކަކަށް ބޭލް މަޑުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ. ޓޮޓެންހަމް އަށް ކުޅުމަށްފަހު މީގެ 7 އަހަރު ކުރިން 2013 ވަނަ އަހަރު ބޭލް މެޑްރިޑަށް ބަދަލުވީ ރެކޯޑް ޓްރާންސްފާ ފީއެއްގައެވެ. ނަމަވެސް ބޭލްގެ ބޭނުން އެކުލަބަށް ހިފޭނަމަ އިތުރަށް އެކުލަބުގައި ބެހެއްޓުމަށް ޓޮޓެންހަމްއިން މަސައްކަތް ކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އަގުއޭރޯއަށް ކުރިޔަށް އޮތް 2 މަހު ނުކުޅެވޭނެ

މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރ ސާޖިއޯ އަގުއޭރޯ އަށް ކުރިޔަށް އޮތް 2 މަހުވެސް ނުކުޅެވިދާނެ ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހު ބާންލީ އާއި ބައްދަލުކުރި މެޗުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މިހާތަނަށް 12 މެޗެއް އަގުއޭރޯ އަށް ވަނީ ގެއްލިފައެވެ. 32 އަހަރުގެ އަގުއޭރޯ އަށް ނޮވެމްބަރ ގެ ކުރިން އިތުރު މެޗެއް ކުޅެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.



