ތ.ތިމަރަފުށީގައި ހިނގި މާރާމާރީއެއްގައި ދެމީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، ތިމަރަފުށީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް މިރޭ 21:11 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، އެ މާރާމާރީ ހިންގާފައިވަނީ އެރަށުގެ ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށެވެ.
މި މާރާމާރީގައި ދެމީހަކަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި، މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީއާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދެމީހުންނާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެއް ކަމަށެވެ.
މާރާމާރީގައި އަނިޔާވި ދެމީހުންނަށް އެރަށު ޞިއްޙީމަރުކަޒުގައި ފަރުވާދެމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާއިރު، ފުލުހުން ވިދާޅުވީ، ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އެގިފައިވާ ގޮތުގައި މާރާމާރީގައި އެކަކުގެ ނޭފަތް ފަޅާލާފައިވާއިރު، އަނެކަކުގެ ބޮލަށް ވަޅިން ހަމަލާދީ ފަޅާލާފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ހިޔާލު
ހައްޔަރު ކުރި މީހުން ދޫކޮށްލައިފި
ފުލުހުންނަށް ކުރެވޭ ކަމެއް ހަރާމް
އެމީހުން ވެސް ތިބީ ދެބަޔަށް ބެހިގެން
ކޮމެންޓް ކުރުން ބަންދު