ޓީވީ ސްޓޭޝަން "ޗެނަލް13" ގެ އަގުބޮޑު ސާމާނުތަކެއް ވެރިޔަކު ނެތި އިއްޒުއްދީން ފާލަން ކައިރީގައި ހުއްޓާ ފުލުހުން އެތަކެތި އެ ސްޓޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އަގިބޮޑު ސާމާނުތަކަކާއެކު ވެރިޔަކު ނެތި އިއްޒުއްދީން ފާލަން ކައިރީގައި ހުރި ފޮށިގަނޑެއް 2019 އޮގަސްޓް 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"އެ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލިއިރު، އެތަކެއްޗަކީ "ޗެނަލް 13" ގެ ތަކެތިކަން އެނގިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ޕްރައިވެޓް ޓީވީ ޗެނަލް "ޗެނަލް 13" އާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިތަކެތީގެ އަގު 100000ރ (އެއްލައްކަ ރުފިޔާ) އަށް އަރާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"ޗެނަލް 13" ގެ އަގުބޮޑެތި ސާމާނުތަކެއް ފުލުހުން ހަވާލުކުރިއިރު، މީގެ ކުރިން އެކި ތަންތަނަށް ދޫކޮށްލާފައި ދާ މިފަދަ ތަކެތި ފުލުހުން އޭގެ ވެރިންނާ ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.