ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ރާއްޖެއިން ފިއްލެވުމަށް ބޭނުން ކުރި ޓަގް ބޯޓުގެ ކެޕްޓަން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އަދީބު "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓުގައި ފިލަން މައްސައްކަތް ކުރަނިކޮށް އިންޑީއާގެ ޓުޓިކޮރިން އިން އަތުލައިގަތީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެ ޓަގު ބޯޓާއެކު އަދީބު އެނބުރި މާލެ ގެނައީ އޭގެ ތިން ދުވަސް ފަހުން މިމަހު ހަތަރު ވަނަ ދުވަހު އެވެ.
އަދީބު މިމަހުގެ އެކެއްގައި ހައްޔަރު ކުރިއިރު އޭނާގެ އިތުރުން ނުވަ ފަޅުވެރިއަކު އޭގައި ތިބި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.
ފުލުހުން ވިދާޅުވީ، ޓަގު ބޯޓުގެ ކެޕްޓަން ރާއްޖެއިން ފުރައިގެން ދިޔުމަށް މިހާރު މަނާކޮށްފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް، ޓަގް ބޯޓުގެ ކެޕްޓަނާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އަދި މައްސަލައިގެ ތަޙްޤީޤާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
ހިޔާލު
މިކަހަލަ ވާނުވާ ނޭނގޭ ޙަބަރު ނުލިއުން ކިހިނެއްވާނެ؟
ކިޔާ ކިޔާ ވެސް ނޭނގުނު ކެޕްޓަން އަކީ ފިރިހެނެއްކަމެއް އަންހެނެއްކަމެއް އިންސިއެއްކަމެއް ޖިންނިއެއްކަމެއް ދިވެއްސެއްކަމެއް ފަރަންޖީއެއްކަމެއް.. ބޯހަލާކު..
ކޮމެންޓް ކުރުން ބަންދު