1994 ވަނަ އަހަރު ފެށި ކާމިޔާބު ޓީވީ ޝޯ “ފްރެންޑްސް”އަކީ އަދިވެސް ގިނަބަޔަކު ފޫހިކަމެއްނެތި ބަލަމުން އަންނަ މަޤުބޫލު ސީރީޒްއެކެވެ. މި މަޤުބޫލު ޝޯ ނިމުނުތާ މިހާރު 25 އަހަރުވާން ކައިރިވެފައިވާއިރު، އެކަން ފާހަގަކުރުމަށް މި ސީރީޒްގެ ފޭނުން އަދި ސީރީޒް އުފެއްދި ފަރާތުން ގިނަ ކަންތައްތަކެއް ކުރުމަށް މިހާރުވެސް ވަނީ ރާވަފައެވެ.
މިމަހުގެ 22 ވަނަ ދުވަހު މި "ފްރެންޑްސް" އަށް 25 އަހަރު ފުރޭއިރު، އެކަމަށް އަމާޒުކޮށްގެން އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުންފުންޏަކުން ފްރެންޑްސް 25 ގަޑިއިރު ތެރޭ ފްރެންޑްސް ބެލުމަށް 1000 ޑޮލަރު ދިނުމަށް މިވަނީ ހަމަޖައްސައިފައެވެ.
ފްރޮންޓިއާ ބަންޑްލްސް ނަމަކަށް ކިޔާ ކުންފުންޏަކުން މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ފްރެންޑްސް 25 ގަޑިއިރު ތެރޭގައި ބެލުމުން 1000 ޑޮލަރު ދޭނެކަމަށް މިވަނީ ބުނެފައެވެ. 25 ގަޑިއިރަކީ ގާތްގަނޑަކަށް މި ސީރީޒްގެ 60 އެޕިސޯޑެވެ.
1000 ޑޮލަރުގެ އިތުރުން ފްރެންޑްސްގެ 25 ވަނަ އެނިވާސަރީއާ ދިމާކޮށް އެ ކުންފުނިން ވަނީ 1 އަހަރުގެ މުއްދަތައް ނެޓްފްލިކްސްގެ ހިލޭ ސަބްސްކްރިބްޝަން ދީ އަދި ފްރެންޑްސްގެ ހާއްސަ "ފެންޑަމް ފަން ޕެކް" އެއް ދިނުމަށްވެސް ނިއްމާފައެވެ.
މި ކުންފުނިން ދޭ މި ހާއްސަ ފުރުސަތުގައި ބައިވެރިވުމަށް ހަދަންޖެހޭގޮތަކީ، ފްރެންޑްސް ބަލާވަގުތުގައި ފޮޓޯއާއެކު ލައިވް ޓްވީޓްކޮށްގެންނެވެ. އަދި ޓްވީޓްގައި ކުންފުނީގެ ނަން "ފްރޮންޓިއާކޯޕް" ޓެގް ކުރަން ޖެހެއެވެ. ނަމަވެސް މި ފުރުސަތުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ އެމެރިކާ ރައްޔިތުންނަށް ކަމަށް ޙަބަރުތައް ބުނެއެވެ.
ފްރެންޑްސް 25 ވަނަ އެނިވާސަރީ އައުމަށް މިހާރު އެއްދުވަހަށް ވެފައިވާއިރު، އެމެރިކާގެ ތިއޭޓާތަކުގައި ފްރެންޑްސްގެ މެރެތޯންއެއް އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމެރިކާގެ މަޝްހޫރު ކޮފީ އުފައްދާ ކުންފުންޏެއްކަމުގައިވާ "ދަ ކޮފީ ބީން އެންޑް ޓީ ލީފް" އިން ސެންޓްރަލް ޕާކުގެ ކޮފީ ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމަ އަށް ގެނެސްދިން މަޝްހޫރު ޓީވީ ސީރީސް “ފްރެންޑްސް” ގެ 10 ސީޒަން ދައްކާފައިވާ މި ސިރީޒްގެ މަޤްބޫލުކަމަށް އަދިވެސް ފަނޑުކަމެއް އައިސްފައިނުވާއިރު މިއީ ދިވެހި ޒުވާނުންގެ މެދުގައިވެސް މަޤުބޫލު ސީރީޒްއެކެވެ