ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ބައިސްކަލަކީ 2019 އޮގަސްޓް 13 ވަނަ ދުވަހުގެ ވަގުތެއްގައި ހަނދުވަރީހިނގުމުގައި ހުއްޓައި ދެ މީހަކު ވެގެން ވަގަށް ނަގައިގެން ދަނިކޮށް ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެކެވެ.
ވެރިފަރާތް ހޯދަމުންދާ ބައިސްކަލަކީ ލޮޓަސް ބްރޭންޑްގެ ބައިސްކަލެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބައިސްކަލުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ބައިސްކަލާ ހަވާލުވެލެއްވުމަށް ފުލުހުން އެދިލައްވައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ޝުކުރު އަދާކުރައްވައެވެ.