ކުޑަކުއްޖެއްގެ ދަބަހެއްގެ ވެރިފަރާތް ހޯދަނީ

މަގުމަތިން ހޮވާފައިވާ ދަބަހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލޭ މަގުމަތިން ކުޑަކުއްޖެއްގެ ދަބަހެއް ހޮވާފައިވާ ކަމަށާއި، ދަބަހުގެ ވެރިފަރާތުން މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ހަވާލުވުން އެދިލައްވާ ކަމަށެވެ.

ފޮޓޯ އާއްމުކޮށް ފުލުހުން ވެރިފަރާތް ހޯދަމުންދަނީ ފިޔާތޮށި ކުލައާއި ހުދުކުލައިގެ ދަބަހެކެވެ.

ދަބަހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ވަގަށް ނަގާފައިވާ ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

ފުލުހުންނަކީ މިފަދަ ތަކެތި އެތެކެތީގެ ވެރިން ހޯދުމުގައި ނަމޫނާ ދައްކަމުންދާ ބައެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް