ކުރީގެ ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

"މިއީ ސަފުތައް އިތުރަށް ބަދަހިކުރަންވީ ވަގުތު"

މިވަގުތަކީ ޕީޕީއެމް، ޕީއެންސީގެ ސަފުތައް އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރަންވީ ވަގުތުކަމަށް މިއަދު ހައްޔަރުކުރި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޝޯޝަލް އެފެއާރޒް ކަމުގެ މަގާމު ފުރުއްވި މުޙައްމަދު ޣައްސާން މެދުވެރިކޮށް ސަޕޯޓަރުންނަށް ދެއްވި މެސެޖެއްގައެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު ޣައްސާން މަޢުމޫން ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށާއި، މިވަގުތަކީ ސަފުތައް އިތުރަށް ބަދަހިކުރަންވީ ވަގުތު ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

"މި ވަގުތަކީ އަޅުގަނޑުމެންގެ ސަފުތައް އިތުރަށް ބަދަހިކޮށް މަސައްކަތް ކުރަންވީ ވަގުތުކަމުގައި ތި އެންމެހާ ބޭފުޅުންނަށް ދެންނެވުމަށް ރައީސް އަބްދުﷲ ޔާމީން ދެންނެވި." ޣއްސާން މަޢުމޫން ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން މިއަދު ހައްޔަރު ކޮށްފައިވަނީ، އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހެއްކަން ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ބުނެ ބަންދުގައި ބަހައްޓައިދިނުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އެދުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ