ލީނާގެ ޕޯސްޓަރެއް

"ލިނާ" ހުޅުމާލޭ ޝުވެކް ސިނަމާއަށް

ދިވެހި ވިޔަފާރި ވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ތެރޭގައި ރަޙުމް ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުއައްޒަފެއް ކަމަށްވާ ޢަޒްލީނާ ނަފީސްގެ މަރުގެ ޙާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ދިވެހި ފިލްމު "ލީނާ" ހުޅުމާލޭ ސްވެކް ސިނަމާގައި އަޅުވަން ތައްޔާރުވެއްޖެއެވެ.

މިދިޔަ މަހު ރިލީސް ކުރި މި ފިލްމު ވަނީ އޮލިމްޕަހުގެ ބޮޑު ސްކްރީންގައި އަދި ބައެއް އަތޮޅުތަކުގައި ކާމިޔާބު ކަމާއެކު ދައްކައި ބެލުންތެރިންގެ ބޮޑު މަޤްބޫލް ކަމެއް ހޯދުމަށްފަހު މި ފިލްމު ހުޅުމާލޭ ޝުވެކް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

މަދުވެގެން 8 ވަރަކަށް ޝޯ ހުޅުމާލޭ ސްވެކް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 25 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުމާލޭ ޝުވެކް ސިނަމާއިން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ޢަބްދުﷲ މުޢާޒު (މުއާ) ވިދާޅުވިއެވެ.

މުޖުތަމައުގައި ހިނގާ ތަފާތު މައްސަލަތަކުގެ އިތުރުން ހެއްވާ މަޖާ ކަންތައް ތަކެއްވެސް ފެނިގެންދާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ މަރިޔަމް ޢައްޒައާއި، އަލީ ޢާޒިމް (ދޮން އައްޔަ) އެވެ. އަދި ވިލަންއެއް ގެ ގޮތުގައި ފެނިގެން ދަނީ ޢަބްދުﷲ މުޢާޒު (މުއާ) އެވެ. މީގެ އިތުރުންވެސް އެތައް ހުނަރުވެރި ފަންނާނުންނެއް މި ފިލްމުން ފެނިގެންދެއެވެ

"ލީނާ" އަކީ ފިލްމުގެ ޕްރިމިއަރ އާ ދިމާކޮށް ވަރުގަދަ އެންޓި-ކެންޕޭން ތަކަކާ ކުރިމަތިލުމަށްފަހުވެސް، ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި ފިލްމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް