ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ޢާއްމުންގެ އެހީއަށް އެދި، ފުލުހުން ވީޑިއޯ ޢާއްމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ވީޑިއޯ ޢާއްމުކޮށް ހޯދަމުންދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ،ޕާރކް ކޮށްފައި ހުރި ސައިކަލެއްގެ ވަށިގަނޑުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
"ވީމާ މިމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
މި ވައްކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.




2 Responses
ތި ހޯދާ މީހާ ހޯދޭނެބާ
Hiye nuve hoadheyneyhen