ހިތުގެއަޑިން ރައީސް ޔާމީނަށް މަޢާފުކޮށްފިން - އަދީބު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް "ހިތުގެ އަޑިން" މަޢާފް ކުރައްވާފައިވާކަމަށް ޔާމީންގެ ދެވަނަ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން ދާދި ދެންމެއެވެ.

ރައީސް ޔާމީން އަދީބާ ސުވާލުކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް އަދީބު ވިދާޅުވި ކަމަށާއި، އެއަނިޔާވެރިކަމުގެ ސަބަބުން ހިތުގައި އެއްވެސް ކަމެއް އެބައޮތްތޯއެވެ.

ޖަވާބުގައި އަދީބު ވިދާޅުވީ، އަނިޔާކުރި މީހުން ނޭނގޭ ކަމަށާއި، ޔާމީނަށް ހިތުގެ އަޑިން މަޢާފްކޮށްފައިވާ ކަމަށެވެ.

އަޅުގަނޑު މިއަދު މިހުރީ އެ މައްސަލަތަކުން އިރާދަކުރެއްވިޔާ ސަލާމަތްވެފައި، އަޅުގަނޑަށް ސީދާ އަޅުގަނޑަށް އަނިޔާ ދެއްވީ ކޮންބައެއްކަމެއް، އަޅުގަނޑު ވާނީ އެހުރިހާ އެންމެނަށްވެސް އަދި ރައީސް ޔާމީނަށްވެސް ހިތުގެ އަޑިން މަޢާފުކޮށްފައި. އަޅުގަނޑުގެ ނެތް އެއްވެސް ހަސަދަވެރިކަމެއް ޒާތީކަމެއް އެއްވެސް ބޭފުޅަކަށް" އަދީބު ވިދާޅުވިއެވެ.

އަދީބު ވަނީ ހެކިބަސް ދެއްވަމުން ގިނަ ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށްވެސް ކުރައްވާފައެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ފައިސާގެ ތުހުމަތުތަކެއް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ