1999 އަހަރު ނުކުތް ސައިންސް ފިކްޝަން އެކްޝަން ފިލްމް "ދަ މެޓްރިކްސް" ސިލްސިލާގެ 4 ބައި އުފެއްދުމުގެ މަސައްކަތް ފަށައިިފިއެވެ.
16 އަހަރު ފަހުން މެޓްރިކްސް ސިލްސިލާގެ 4 ވަނަ ބައި ގެނެސްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް މި ސިލްސިލާގެ 3 ފިލްމެއް ނުކުމެފައިވެއެވެ. އެއީ 1999 ވަނަ އަހަރު ނުކުތް "ދަ މެޓްރިކްސް"، 2003 ވަނަ އަހަރު ރިލީޒްކުރި "ދަ މެޓްރިކްސް ރީލޯޑެޑް" އަދި "ދަ މެޓްރިކްސް ރިވޮލިޔުޝަންސް"އެވެ.
"މެޓްރިކްސް 4"ގެވެސް ވާހަކަ ލިޔެ އަދި ޑައިރެކްޓްކުރާނީ މިފަހަރުވެސް ކުރީގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޑައިރެކްޓަރ "ލާނާ ވަޗައުސްކީ"އެވެ.
ފިލްމް ލީޑުން "ކިއާނު ރީވްސް" އަދި "ކެރީ-އެނެ މޮސް" ފިލްމްގައި ކުރިން ފެނިގެންދިޔަ "ނިއޯ" އަދި ޓްރިނިޓީ"ގެ ރޯލުން ފެނިގެންދާއިރު، ފިލްމްގައި ދެން ހިމެނޭ ކާސްޓުންގެ މައުލޫމާތު އަދި ހާމަކޮށްފައެއްނުވެއެވެ.
މެޓްރިކްސްގެ 4 ވަނަ ބައި ރިލީޒްކުރާނެ ތާރީޙެއް އަދި އިއުލާންކޮށްފައެއްނުވެއެވެ.




