އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް ކުރި ހޯދި މެޗުގައި ލިވަޕޫލްގެ މުޙައްމަދު ސަލާޙް ޖަހައިދިން ދެވަނަ ލަނޑަކީ ވަރަށްވެސް ހިތްގައިމު ލަނޑެއްކަމަށް އެކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
"ރޭގެ މެޗުގައި ސަލާޙް ޖަހައިދިން ދެވަނަ ލަނޑަކީ ވަރަށްވެސް ހިތްގައިމު ލަނޑެއް. ޓީމު ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮަސްފައިވާއިރު، އެކުޅުންތެރިންގެ ކޮލިޓީ މެޗުގައިވަނީ ދައްކާލާފަ." މެޗަށްފަހު ކްލޮޕް ބުންޏެވެ.
އެންފީލްޑްގައި އާސެނަލްއާއި ދެކޮޅަށް ރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ވަރުގަދަކޮށް ކުޅެމުންދިޔައީ އާސެނަލްއިންނެވެ. އެގޮތުން މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެފުރުޞަތެއް އެކްލަބަށްވަނީ ލިބިގެން ގޮސްފައެވެ. ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން އާސެނަލްއަށް ޕްރެޝަރު ބޮޑުވެ، ލިވަޕޫލްގެ ހަމަލާތައް ވަރުގަދަވިއެވެ.
ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ލަނޑެއްޖަހައި މެޗުގައި ލީޑު ނެގިއެވެ. މެޗުގެ 41 މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ލިބުނު ކޯނަރަކުން ޖޮއެލް މަޓިޕް ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ކުޅެން ނުކުމެ ރަނގަޅަށް ގޭމް ނުޖެއްސި އުޅެނިކޮށް އާސެނަލްއަށް އިތުރު ޕްރެޝަރެއް ލިބިގެންދިޔައީ ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކާއެކުގައެވެ. އާސެނަލްގެ ޑޭވިޑް ލުއީޒް، މުޙައްމަދު ސަލާޙްގެ ޖާޒީގައި ހިފެހެއްޓުމުގެ ސަބަބުން ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށްދިނީވެސް މުޙައްމަދު ސަލާޙެވެ. މެޗުގެ 49 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑާއެކު އާސެނަލް ކުރަން އޮތް މަސައްކަތް ދެގުނައަށް އިތުރުވިއެވެ.
އޭގެ ދިހަ މިނަޓްފަހުން ސަލާޙްވަނީ އިތުރު ލަނޑެއްޖަހައި އާސެނަލް މުޅިން ހާސްކޮށްލާފައެވެ. ލިވަޕޫލްގެ އޭރިއާތެރެއިން ޑިފެންޑަރު ފޮނުވާލި ބޯޅަ ޑޭވިޑް ލުއީޒް ކައިރިން ނައްޓާލުމަށްފަހު އޭރިއާތެރެއަށްވަދެ ގޯލްގެ ތިރީކަނަށް ބޯޅަ ފޮނުވާލައި ސަލާޙްޖެހި މިލަނޑަކީ މެޗުގައި ފެނިގެންދިޔަ ވަރަށްވެސް ރީތި ލަނޑެކެވެ.
?? Mohamed Salah vs Arsenal:
— Corteo Sport (@CorteoSport) August 24, 2019
• Goals: ⚽️⚽️
• Shots on Target: 2
• Dribble Success: 100%
• Penalties Won: 1
• Key Passes: 1
The second goal shows his world class ability. #PL | #LIVARS #LFC #YNWApic.twitter.com/fiFfNXk7MY
އާސެނަލްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓޮރޭރޯ 85 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ލަނޑަށްފަހު އާސެނަލްއިން ކުޅުން ވަރަށް ބޮޑުތައް ރަނގަޅުކުރިނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހިއެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ފިރްމީނޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ކްލޮޕްވަނީ އެކަންވެސް ފާހަގަކޮށްފައެވެ.



