އިންޑިއާގެ ރެޖިސްޓްރީ ނަންބަރާއެކު ހުޅުމާލޭގައި ދުއްވި ކާރު - ފޮޓޯ: މީސްމީޑިއާ

އިންޑިއާގެ ރަޖިސްޓްރީ ނަންބަރު ޖަހައިގެން ހުޅުމާލޭގައި ބޭނުންކުރި ކާރެއް ފުލުހުން ޓޯކޮށްފި

އިންޑިއާގެ ރެޖިސްޓްރޭޝަން ނަންބަރެއް ޖަހައިގެން ހުޅުމާލޭގައި ބޭނުންކުރި ކާރެއް ފުލުހުން ޓޯކޮށްފިއެވެ.

ފުލުހުން މިއަދު ހެނދުނު ވިދާޅުވީ، ރެޖިސްޓްރޭޝަން ބޯޑު ހަރުނުކޮށް ހުޅުމާލޭ، އަމީން އެވެނިއު ކުރިމަތީގައި ޕާކް ކޮށްފައި އޮތް ކާރެއް ރޭ 23:30 ހާއިރު ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހެން ވިދާޅުވިއިރު، ނޫސްވެރިން ވަނީ އިންޑީއާގެ ރެޖިސްޓްރޭޝަން ބޯޑާއެކު ހުޅުމާލޭ މަގެއްގެ މަތީގައި ޕާކްކޮށްފައި އޮތް ކާރެއްގެ ފޮޓޯއާއެކު ރޭ އިރާކޮޅު އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފުލުހުން ރޭ ޓޯކުރި ކާރު - ފޮޓޯ: ޕޮލިސް

ނަމަވެސް ފުލުހުން ޓޯކޮށްފައިވަނީ އެވައްތަރުގެ ރެޖިސްޓްރޭޝަން ބޯޑު ނެތް ކާރެއް ކަމަށް ބުނުމުން ނޫސްވެރިން ވަނީ އެކަމާމެދުގައި އިތުރަށް ސުވާލުއުފައްދާފައެވެ. އެއާއެކު ފުލުހުން ވިދާޅުވީ، "ފުލުހުން ސީންއަށް ދިޔައިރު ނަންބަރު ޕްލޭޓް އޮތީ ނައްޓާލާފައި" ކަމަށެވެ.

ފުލުހުން ރޭ އެކާރު ޓޯކުރަނީ - ފޮޓޮ: ޕޮލިސް

މި މައްސަލައިގައި ފުލުހުން އިތުރަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ