އިހަވަންދޫއާއި، މަޑުއްވަރީގައި އައު ބަނދަރެއް ހެދުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފި

ދެ ރަށެއްގެ ބަނދަރުގެ ހެދުމުގެ މަސައްކަތް ކުރުމަށް، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީއާ ދެމެދު މިއަދު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޓީސީސީއާއެކު މިއަދު ސޮއިކޮށްފައިވަނީ ރ. މަޑުއްވަރީގައި އައު ބަނދަރު ހެދުމުގެ މަޝްރޫޢާއި، ހއ. އިހަވަންދޫގައި އައު ބަނދަރު ހެދުމުގެ މަޝްރޫޢެވެ.

އެގޮތުން ރ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 590 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 68,665,360.81 ރުފިޔާއަށެވެ. މި މަސައްކަތުގައި 411 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓެއް ލުމަށާއި، 135 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށާއި، 566 މީޓަރުގެ އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 01 ރޭމްޕްއާއި، 14 މޫރިން ބޮލޮކްސްއާއި، 29 ބަނދަރު ބައްތި ޖެހުމަށާއި، 2 ނެރުބައްތި ހަރުކުރުމުގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮއްޓަށް އެރުމަށް ވޯލްކްވޭއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.

ހއ. އިހަވަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 51,725,810.09 ރުފިޔާ އަށެވެ. އެގޮތުން މި މަޝްރޫގެ ތެރޭގައި 284 މީޓަރުގެ ބޭރުތޮށި ލުމާއި، 178 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 120 މީޓަރ ގްރޮއިންއާއި، 95 މީޓަރުގެ އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 4581.50 އަކަފޫޓްގެ ޕޭވްމަންޓް ހެދުމަށާއި 27 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 01 ރޭމްޕްއާއި، 20 މޫރިން ބްލޮކްސްއާއި އެއްގަމު ތޮށިން ބޭރުތޮއްޓަށް އެރުމަށް ވޯކްވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ