ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދޫކުރައްވައި ނުދާނެކަމަށް، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ހިންގަމުން އަންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) ގެ ރައީސް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަމުން ގެންދެވި، ކުރީ ސަރުކާރުގެ މަތިފަޑިން ފެނުނު ގިނަ ބަޔަކު، ސަރުކާރު ކޯލިޝަނާ ގުޅޭކަމުގެ އަޑުތަކާއެކު އަދުރޭވެސް ސަރުކާރު ކޯޅިޝަނާ ގުޅޭނެކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ މަސައްކަތް ފެއްޓެވީ ރައީސް ޔާމީނާ އެކުގައި ކަމަށާއި، މިހާރު ހުންނެވީ ހަމަ އެގޮތުގައި ކަމަށެވެ. އަދި ރައީސް ޔާމީން ދޫކޮށްފައި ދާނެ ދުވަހެއް އިރާދަކުރެއްވިއްޔާ ނާންނާނެ ކަމަށްވެސް އަދުރޭގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Alhugan’du siyaasee masahkaiy feshee RY aa eku.adhives mihuree hama egothugai.kuri’ah oiy thanugai hunnaaneeves ehothuga.RY dhookohfa dhaane dhuvaheh iraadha kurehviyyaa naan naane @VaguthuOnline @avasmv @Ch13official @thevoice_mv @thepressmv @JazeeranewsMv
— Abdul Raheem Abdulla (@Banafsaa) August 26, 2019
ސިޔާސީ މަޝްރަޙަށް ބޮޑު ބަދަލެއް އައުމުގެ މަލަމަތި ވަނީ ފެންނާން ފަށާފައެވެ. އެގޮތުން ކެލާ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ތަރުޒަމާނު އަލީ އާރިފް އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ކައުންސިލް މެންބަރު އިބްރާހިމް ފަލާހު ވަނީ މިއަދު ޕީޕީއެމުން އިސްތިއުފާ ދެއްވައިފިއެވެ.
މީގެ އިތުރުން ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލު އާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ އާރިފްވެސް ސަރުކާރު ކޯޅިޝަނާ ގުޅޭކަމުގެ އަޑުތައް ވަނީ ފެންމަތިވެފައެވެ.
ހަމަ މިދަނޑިވަޅުގައި ޖުމްހޫރީ ޕާޓީން ވިދާޅުވެފައިވަނީ މުހިންމު މެންބަރުންތަކެއް މިރޭ އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށާއި، އެކަމަށްޓަކައި މިރޭ 21:00 ހައި ޚާއްޞަ ހަފްލާއެއް އޮންނާނެ ކަމަށެވެ. ޖޭޕީގެ މި ހަފްލާގައި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.




