އިމާރާތަކުން ވެއްޓުނު އެއްޗަކުން ޖެހި ކުއްޖަކަށް އަނިޔާވެއްޖެ

އިމާރާތް ކުރަމުންދިޔަ ގެއެއްގެ މަތިން ވެއްޓުނު ބިޑިއަކުން ޖެހި ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ހ. މިސޫރިގޭ ހަދަމުން ދާ އިމާރާތެއްގެ 2 ވަނަ ފަންގިފިލާއިން ވެއްޓުނު ބިޑިއަކުން ޖެހި 17 އަހަރުގެ ކުއްޖެއްގެ ބުރަކަށީގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 18:46 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއިރު، އެ ކުއްޖާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމުގެ މަޢުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ.

މާލޭގައި އިމާރާތްކުރަމުން ދިޔަ ގެއެއްގެ މަތިން ވެއްޓުނު ސިމެންތި ކޮތަޅަކުންޖެހި ކުއްޖަކު މަރުވިތާ ގިނަ ދުވަސްތަކެއް ނުވެ، ހުޅުމާލޭގެ ގެއެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި މީހަކު ވަނީ މަރުވެފައެވެ. ހަމައެއާއެކު އޭގެ ފަހުން އިއްޔެވެސް އިމާރާތެއްގެ މަތިން ވެއްޓުނު ކުނި ކޮތަޅަކުންޖެހި މީހަކަށް އަނިޔާވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ