އިތުރު މަންޒަރަކާއެކު "ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް" އަލުން ރިލީޒްކުރަނީ

މިއަހަރު ނުކުތް އެންމެ ކާމިޔާބު ހޮލީވުޑް ފިލްމް އަދި މިހާރު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމް "އެވެންޖާސް: އެންޑް ގޭމް" ވަނީ އިތުރު މަންޒަރުތަކަކާއެކު ޑިޒްނީއިން ރިލީޒްކޮށްފައެވެ.

ހަމައެގޮތަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރި ފިލްމް "ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް" ވެސް ރިލީޒްކުރުމަށް ސޮނީއިން ވަނީ ނިއްމާފައެވެ.

ސޮނީ އަދި މާވެލް ސްޓޫޑިއޯސް ގުޅިގެން އުފެއްދި ސްޕައިޑަމޭންގެ މި ސީކުއަލް ރިލީޒްކޮށްފައިވީނަމަވެސް، ސްޕައިޑަމޭންގެ ކެރެކްޓާ ރައިޓްސް އޮންނަ ކުންފުނި ސޮނީ އަދި މާވެލް ސްޓޫޑިއޯސްގެ ދެމެދުގައި އުފެދުނު ދެބަސްވުމަކާއި ގުޅިގެން ސޮނީ އަދި ޑިޒްނީއިން މިހާރު ވަނީ ވަކިވެފައެވެ. އެހެންކަމުން ދެން ސްޕައިޑަމޭން މާވެލް ސިނަމެޓިކް ޔުނިވާރސް އަކުން ނުފެންނާނެއެވެ.

މާވެލް ގެ "އެވެންޖާސް: އެންޑް ގޭމް" އާއި ވާދަކުރުމުގެ މަޤުސަދުގައި، 4 މިނެޓްގެ އިތުރު މަންޒަރަކާއެކު ޔޫއެސް އަދި ކެނެޑާގައި މިއަދު "ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް" އަލުން ރިލީޒްކުރާނެއެވެ.

"ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް" އަކީ މިހާތަނަށް ސްޕައިޑަމޭންގެ ފިލްމްތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ފުރަތަމަ ފިލްމެވެ. އަދި މިއީ ސޮނީއިން އުފައްދާފައިވާ ފިލްމްތަކުގެ ތެރެއިން އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.

"ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް" އަށް މިދިޔަ މަހު، 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ