މާލޭ އޯކިޑްމަގުގައި ހުރި ގެއެއްގެ ފާރު ވެއްޓި ވެހިކަލަކަށް ގެއްލުންލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ރޭ މެންދަމު 00:37 ހާއިރު އޯކިޑްމަގުގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ފާރުން ބައެއް މަގުމައްޗަށް ވެއްޓުނުކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"މިހާދިސާގައި އެސަރަހައްދުގައި އޮތް ވޭނެއްގެ ވިންޑްސްކަރީންގެ ބައެއް ތަޅައިގެންގޮސްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މައްސަލަ ތަޙްޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




