ސައިކަލުގައި ދަނިކޮށް އަންހެނެއްގެ އަތުން ފޭރިގަތް ފޯނާއި ޕާސް ހޯދައި މީހަކު ހައްޔަރުކޮށްފި

މަޖީދީ މަގުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ސައިކަލުގެ ޕޮކެޓްގައި އޮތް ފޯނާއި ޕާސް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 2019 ޖުލައި 27 ވަނަ ދުވަހު ހެނދުނު 10:26 ހާއިރު މަޖީދީމަގު އަގޯރާ ކައިރިން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ސައިކަލް ޕޮކެޓްތެރޭގައި އޮތް ޕާސް ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"މި މައްސަލައިގައި ސީސީޓީވީ ފުޓޭޖް ބަލައިގެން ފުލުހުން ކުރި މަސައްކަތުން، ފޭރުނު މީހާ ހޯދައި 2019 އޮގަސްޓް 22 ވަނަ ދުވަހު ހައްޔަރުކުރެވިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ، 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މިމަހުގެ 28 ވަނަ ދުވަހު ފޭރިގަތް ފޯނު ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެ ޕާސްގައި ހުރި 685ރ ފޭރުނު މީހާ ބޭނުންކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފޭރިގަތް ފޯނު މިއަދުގެ ވަގުތެއްގައި ފޯނުގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ