މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

މޫސުން ގޯސްވެ ހަނިމާދޫ ދަތުރުތައް މޯލްޑިވިއަން އިން މެދުކަނޑާލައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޯލްޑިވިއަންއިން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފިއެވެ.

ދަތުރުތައް އަލުންފެށުނުހާ އަވަހަކަށް އަންގަމުން ގެންދާނެވާހަކަވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް މިއަދު ހަނމާދޫ ކައިރީގައި ވަނީ ހިނގާފައެވެ. މިހާދިސާގައި ހދ. ނޮޅިވަރަންފަރުގެ ފަސް މީހުން ވަނީ ނިޔާވެފައެވެ.

ކުރިޔަށް އޮތީ ސްކޫލްތަކުގެ މިޑްޓާމް ބްރޭކްއެވެ. މި ދުވަސް ވަރަކީ އާންމު ގޮތެއްގައި ގިނަ ބަޔަކު އަތޮޅު ތެރެއަށާއި، މާލެއަށް އަދި ރާއްޖެއިން ބޭރަށް ދަތުރު ކުރުން ގިނަ ދުވަސް ވަރެކެވެ.

ނަމަވެސް ކުރިޔަށް އޮތީ ވިއްސާރަވެ މޫސުން ގޯސް ދުވަސް ވަރެއްކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާއިން ވަނީ ހާމަކޮށްފައެވެ. އަދި ދަތުރު ކުރުމުގައި ސަމާލު ވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެމްއެންޑީއެފް އިން ވަނީ ދަތުރު ކުރައްވާ އިރު ސަލާމަތާއި ރައްކާތެރިކަށް ބެލުމަށާއި، އެކަށީގެންވާ އުޅަނދެއްގައި ދަތުރު ކުރުމަށް އެދިލައްވާފައެވެ.

މޫސުން ގޯސްވެ މިއަދު ހަވީރު ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށްވެސް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ