މޯލްޑިވިއަންގެ ފްލައިޓެއް

މެދުކަނޑާލި ހަނިމާދޫ ދަތުރުތައް މޯލްޑިވިއަނުން އަލުން ފަށައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، މޫސުން ގޯސްވުމާއި ގުޅިގެން މެދުކަނޑާލި ހަނިމާދޫ ދަތުރުތައް މޯލްޑިވިއަނުން އަލުން ފަށައިފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް މިއަދު ހަނމާދޫ ކައިރީގައި ވަނީ ހިނގާފައެވެ. މިހާދިސާގައި ހދ. ނޮޅިވަރަންފަރުގެ ފަސް މީހުން ވަނީ ނިޔާވެފައެވެ.

އަދި ކުރިޔަށް އޮތީ ވިއްސާރަވެ މޫސުން ގޯސް ދުވަސް ވަރެއްކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާއިން ހާމަކޮށްފައިވާއިރު، ދަތުރު ކުރުމުގައި ސަމާލު ވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެއިތުރުން އެމްއެންޑީއެފް އިން ވަނީ ދަތުރު ކުރައްވާ އިރު ސަލާމަތާއި ރައްކާތެރިކަށް ބެލުމަށާއި، އެކަށީގެންވާ އުޅަނދެއްގައި ދަތުރު ކުރުމަށް އެދިލައްވާފައެވެ.

މިއަދު ހިނގާދިޔަ ހިތާމަވެރި ހާދިސާގައި ނިޔާވި އަޚުންނާއި އުޚުތުންގެ އާޢިލާއަށް ކެތްތެރިކަން ދެއްވާ، ނިޔާވި ފަރާތްތަކުގެ ފުރާނައަށް މާތް ﷲ ހެޔޮރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަކީ އަޅުގަނޑުމެން މިނޫހުގެ ދުޢާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ