މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އާސެނަލްއިން އޮޒިލް ނުވިއްކާނެ

ޔޫރަޕްގެ ޓްރާންސްފާ މާކެޓް ބަންދުވާން މިހާރު ދެވަރަކަށް ދުވަހަށް ވެފައިވާއިރު އާސެނަލްއަށް ކުޅެމުން އަންނަ މެސުޓް އޮއިލް ނުވިއްކާނެކަމަށް އެކްލަބުން ބުނެފިއެވެ.

އާސެނަލްގެ ކޯޗު އުނައި އެމެރީ މިކަން ކަށަވަރުކޮށްދީފައިވާއިރު، މިހަފްތާ ބަންދުގައި ޓޮޓޭންހާމްއާއި ދެކޮޅަށް އާސެނަލްއިން ނުކުން މެޗުގައި އޮޒިލް ފެނިގެން ދިއުން ވަރަށް ގާތެވެ.

"އޮޒިލް ވިއްކާލުމާއި ބެހޭގޮތުން ކްލަބުން ވާހަކައެއް ނުދައްކަން. އަހަރެމެންނަށް އިތުރު ކުޅުންތެރިއަކު މިޓްރާންސްފާގައި ދެން ނުގެނެވޭނެ. އެކަމު ބައެއް ކުޅުންތެރިން ކްލަބު ދޫކޮށްލަފާނެ." އެމެރީ ބުންޏެވެ.

މީގެއިތުރުން އެމެރީ ބުނީ، މިހަފްތާގެ އޮޒިލްގެ ފަރިތަކުރުން ރަނގަޅުކަމަށާއި، އޭނާގެ ފިޒިކަލީ ގޮތުން ފިޓްވަމުން އަންނައިރު، އާދިއްތަ ދުވަހު ކުޅެވޭ މެޗުގައި އޮޒިލް ބޭނުންކުރެވޭނެކަމަށް އުންމީދުކުރާކަމަށެވެ.

އުމުރުން 30 އަހަރުގެ އޮޒިލް އާސެނަލްއާއި ގުޅުނީ 2013 ވަނަ އަހަރުއެވެ. އާސެން ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއާއެކު ތިން އެފްއޭކަޕް އޮޒިލްވަނީ ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން 2015-16 ސީޒަންގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ މަޤާމު އޮޒިލް ހޯދާފައވާއިރު، އާސެނަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް އޮޒިލްވަނީ އެސީޒަންގައި ހޯދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ