އިމާރާތަކުން ވެއްޓުނު ލަކުޑިބުރިއަކުން ޖެހި މީހަކަށް އަނިޔާވެއްޖެ

މާލޭގެ އިމާރާތަކުން ވެއްޓުނު ލަކުޑިބުރިއަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ މާފަންނު ގެއެއްގެ 8 ވަނަ ފަންގިފިލާގެ ބެލްކަނީގައި ހަރުކޮށްފައި ހުރި ފިލާގަނޑެއް ވެއްޓީގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ އިމާރާތުން ވެއްޓުނު ލަކުޑިބުރިން ޖެހިފައިވަނީ، އެވަގުތު އެސަރަހައްދުން ހިނގާފައި ދިޔަ ފިރިހެނެއްގެ ބޮލުގައި ކަމަށާއި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:03 ހާއިރު ކަމަށެވެ.

"މި ހާދިސާގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުން." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިމާރާތެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި ފިލާގަނޑެއް ވެއްޓި މީހަކަށް އަނިޔާވިއިރު، މާލޭގެ އިމާރާތްތަކުގެ ބެލްކަނި އަދި ފާރުތައް ވެއްޓުމުގެ އިތުރުން އިމާރާތްކުރަމުންދާ ތަންތަނުން އެއްޗެހި ވެއްޓި ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ