އެއް ހަފްތާގެ ބްރޭކަކަށްފަހު "ހުވާ" ގެ ފިނާލޭ!

ބައިސްކޯފް އެޕް މެދުވެރިކޮށް ދިވެހިންގެ ތެރެއަށް ތައާރަފްވި ފާތުމަތު ނަހުލާގެ ކާމިޔާބު ވެބް ސީރީޒް "ހުވާ" ގެ ފަހު 3 އެޕިސޯޑު ދައްކާނީ އެއް ހަފްތާގެ ބެރޭކަކަށް ފަހު ކަމަށް ބައިސްކޯފުން ބުނެފިއެވެ.

ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" އަށް ދިވެހިންގެ ތެރެއިން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މި ސީރީޒްގެ އެންމެ ފަހުން ދައްކާފައިވަނީ 79 ވަނަ އެޕިސޯޑެވެ.

ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:00 ގައި "ހުވާ" ބައިސްކޯފުން ދައްކަމުން އަންނައިރު، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރޭ ސީރީޒް ދައްކާފައެއްނުވެއެވެ.

ސީރީޒްގެ ފިނާލޭ ދެއްކުމުގެ ކުރިން ބްރޭކެއް ނަގާނެކަން ބައިސްކޯފުން އިއުލާންކޮށްފައިވާއިރު، ބައިސްކޯފުން ބުނެފައިވަނީ، ސީރީޒްގެ ބާކީ 3 އެޕިސޯޑު ދައްކާނީ، އެއް ހަފްތާގެ ބްރޭކަކަށްފަހު ކަމަށެވެ. އެގޮތުން "ހުވާ" ގެ ކުރިއަށް އޮތް 80 ވަނަ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 5ވަނަ ދުވަހުއެވެ. އަދި 81 ވަނަ އެޕިސޯޑު ދައްކާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ސީރީޒްގެ ފިނާލޭ އެޕިސޯޑު ދައްކާނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

މި ސީރީޒްގެ މައިގަނޑު ކާސްޓުންނަކީ ރަވީ ފާރޫގް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމް އެވެ.

ހުވާ ސީރީޒް ނިމެން ކައިރިވަމުން އަންނައިރު، ނަހުލާގެ އިތުރު ވެބް ސީރީޒްއެއް ގެނެސްދިނުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ހުވާ" އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ ޢިބްރަތްތެރި ސީރީޒްއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ