މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަދު މާލެ މަގުމަތިން ފިރިހެނަކު ހައްޔަރުކޮއްފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 12:40 ހާއިރު ފުލުހުން މާލެ މަގުމަތި ޕެޓްރޯލް ކުރަމުންދަނިކޮށް މަޖީދީމަގުން ސައިކަލެއް ދުއްވާފައިދިޔަ މީހެއްގެ އަމަލުތައް ހުރިގޮތުން އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށައް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 08 ރަބަރު ޕެކެޓް އާއި 11518 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށެވެ.
މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




