އެހެން ޤައުމެއްގެ ސަރަހައްދަށް ވަދެގެން ރާއްޖެއިން ފިޔަވަޅު އަޅާފައެއް ނެތް - އެމްއެންޑީއެފް

ރާއްޖޭގެ ދޯންޏެއް އަވަށްޓެރި އެހެން ޤައުމެއްގެ އިޤްތިޞާދީ ސަރަހައްދެއްގެ ތެރެއަށް ވަދެގެން މިހާތަނަށް ރާއްޖެއިން އެފަރާތްތަކާ މެދުގައި ފިޔަވަޅެއް އަޅާފައި ނެތްކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭން ބޭރު ޤައުމުތަކުގެ އީއީޒެޑަށް ވަދެފައިވާ ރާއްޖޭގެ މަސް ދޯނިތަކާ މެދުގައި މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ.

"އެފަރާތްތަކާ (ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ އީއީޒެޑަށް ވަތް ފަރާތްތަކާ) މެދުގައި މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވާނެ. އަޅުގަނޑުމެން މިދަނީ އެފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެމުން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރާއްޖޭގެ އީއީޒެޑުން ބޭރުވުމަށްފަހު، އެފަރާތްތަކުގެ މައްޗަށް ހިނގާނީ އަނެއް ޤައުމުގެ ޤާނޫނު ކަމަށާއި، އެހެންކަމުން އެފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމަކީ ދިވެހި ސިފައިންނަށް އޮންނަ ބާރެއް ނޫންކަމަށެވެ.

އެހެންނަމަވެސް، އެފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވަމުންދާ ކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އެޅޭނެ ގޮތްތަކަކާ މެދުގައި ކުރިއަށް އޮތްތަނުގައި މަޝްވަރާ ކުރައްވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖޭގެ މަސްދޯނިތައް އެހެން ޤައުމުތަކުގެ އިޤްތިޞާދީ ސަރަހައްދުތަކަށް ވަންނަ ކަމަށާއި، ގިނަ ފަހަރަށް އެފަދަ ދޯނިތައް ހިފެހެއްޓުމުގެ ބަދަލުގައި ނަސޭހަތްދީ ފޮނުވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް