ކަންފަތުގައި މަކުނެއް އުޅޭކަން އެނގުނީ އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުން

މިއީ އިނގިރޭސިވިލާތުގެ އަންހެނަކަށް ދިމާވި ވަރަށް އާދަޔާހިލާފުގެ ހާދިސާއެކެވެ. އޭނަގެ ކަންފަތް ހިރުވާތީވެ ޑޮކްޓަރަށް ދެއްކުމުން، ކަންފަތުގައި ވިހަގަދަ މަކުނެއް ހާލިހަދައިގެން އުޅެމުންދާކަން އެނގިއްޖެއެވެ.

ފުރަތަމަ ކަންފަތް ހިރުވަންފެށުމުން މި އަންހެންމީހާ ހީކޮށްފައިވަނީ އެއީ ކަންފަތަށް ފެންއެޅުމުގެ ސަބަބުން އޭނައަށް ކުރިމަތިވާކަމެއް ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދެއްކުމުން ކަންފަތުގައި ވިހަގަދަ ވައްތަރެއްގެ ނުރައްކާތެރި ދިރިހުރި މަކުނެއް އޮތްކަން އެނގިފައިވާކަމަށް ބޭރުގެ ހަބަރުތަކުގައި ބުނެފައިވެއެވެ.

މި އަންހެންމީހާ ބުނެފައިވާގޮތުގައި ފުރަތަމަ އެ އުނދަގޫވާން ފެށިއިރު، އޭނައަށް އިހްސާސްވީ މޫދަށްގޮސް ކަންފަތައް ފެން އެޅުމުން ވާގޮތްކަމަށެވެ. ނަމަވެސް ކަމެއް ގޯސްވެއްޖެކަން އެނގުމުން އަވަހަށް ޑޮކްޓަރަށް ދައްކާ ކަންފަތު ތެރޭގައި ދިރިއުޅެމުންއައި އެ މަކުނު ނަގާފައިވާކަމަށް އޭނާ މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

އެ އަންހެންމީހާގެ ކަންފަތުގެތެރެއިން އެ މަކުނު ނެގި ޑޮކްޓަރުން ބުނެފައިވަނީ، އެ މަކުނަކީ ވަރަށް ކުޑަ މަކުނެއްކަމަށެވެ. އަދި އަންހެންމީހާގެ ކަންފަތުން އެ ވިހަގަދަ މަކުނު ނެގިއިރު ކަންފަތުގައި ދަތްއަޅާފައި ނުވާކަމަށާއި އޭތި ބިސްވެސް އަޅާފައި ނުވާކަމަށް ޑޮކްޓަރުން ފާހަގަކޮށްފައިވެއެވެ.

މި އަންހެންމީހާގެ ކަންފަތުން ފެނިފައިމިވާ ވައްތަރުގެ މަކުނަކީ އާއްމުކޮށް ހިކިކޮށް ހުންނަތަންތާގައި ހާލިހަދައިގެން ދިރިއުޅޭ ބާވަތުގެ މަކުނެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ