މުސްތަޤުބަލާމެދު ގޮތް ނިންމުމުގެ އަމިއްލަ ބާރު ނޭމާއަށް ދޭންޖެހޭ : ސުއަރޭޒް

ބްރެޒިލްގެ ތަރި ނޭމާއަށް އޭނާގެ މުސްތަޤުބަލާމެދު ގޮތް ނިންމުމުގެ އަމިއްލަ ބާރު ދޭންޖެހޭކަމަށް ބާސެލޯނާގެ ލުއިސް ސުއަރޭޒް ބުނެފިއެވެ.

ބާސެލޯނާއިން ނޭމާ އެނބުރި އެކްލަބަށް ގެންނަން ކުރާ މަސައްކަތުގެ ހަމައެކަނި ހުރަހަކީ ޕީއެސްޖީއެވެ. ޚުދު ނޭމާވެސް އެނބުރި ބާސެލޯނާއަށް އަންނަން ބޭނުންވެފައިހުރިއިރު، ބާސެލޯނާގެ އެއްވެސް ހުށަހެޅުމެއް ޕީއެސްޖީންވަނީ ޤަބޫލުނުކޮށްފައެވެ.

2014 އިން 2017 އަށް ސުއަރޭޒް އަދި ނޭމާ އެކުގައި ބާސެލޯނާއަށް ކުޅެދީފައިވާއިރު، ކެޕްޓަން ލިއޮނަލް މެސީއާއެކު ދުނިޔޭގެ އެންމެ ވަރުގަދަ، އެހެން ޓީމުތައް ޖެހިލުންވާ ފޯވާޑު ލައިންއަކީ އެއީއެވެ. އެފޯވާޑު ލައިން މަޝްހޫރުވެފައިވަނީ "އެމްއެސްއެން" ގެ ނަމުންނެވެ.

"އަހަންނަށް އެނގޭ މިއީ ނޭމާއަށް އުދަނގޫ ދުވަސްވަރެއްކަން. ނޭމާގެ މުސްތަޤާބެލާމެދު ގޮތް ނިންމުމުގެ ފުރުޞަތު އޭނާއަށް ދޭންޖެހޭ." ސުއަރޭޒް ބުންޏެވެ.

މީގެއިތުން ސުއަރޭޒް ބުނީ، އޭނާ ދުވަހަކުވެސް ބާސެލޯނާ ދޫކޮށްލަން ނުވިސްނާކަމަށާއި، އެނާ ބާސެލޯނާއާއި ގުޅުނީ އެކްލަބަށް އެހީތެރިވާންކަމަށެވެ. އަދި އޭނާ މިހާރު ހުރީ ދުނިޔޭގެ އެންމެ މޮޅު ކްލަބުގައިކަމަށްވެސްވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގާއި ކޮޕާ އެމެރިކާ ކާމިޔާބުވެފައިވާއިރު، އެއަށްވުރެ އިތުރު ކާމިޔާބީއަކަށް ނޭދެވޭނެކަމަށްވެސް ސުއަރޭޒްވަނީ ބުނެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އުރުގުއާއީގެ ޤައުމީ ޓީމުން ސުއަރޭޒް ނުފެންނާނެކަމަށް އޭނާވަނީ ބުނެފައެވެ. އަދި ބަދަލުގައި ޒުވާން ކުޅުންތެރިން ޖާޝާއި ފޯރީގައި އެމީހުންގެ ހުނަރާއެކު ޤައުމީ ޓީމުގެ ދައްކަމުންދާ މޮޅު ކުޅުމަށް އޭނާ ފަޚްރުވެރިވާކަމަށްވެސް ސުއަރޭޒްވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ