އިސްލާމީ މަރުކަޒު - ފޮޓޯ: ފެށުން

ދީނާ ޚިލާފު ގިނަ އަދަދެއްގެ ފޮތްތަކެއް މާލެއިން އަތުލައިގެންފި

ދީނާ ޚިލާފު ގިނަ އަދަދެއްގެ ފޮތްތަކެއް މާލެއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރި ގިނަ އަދަދެއްގެ ފޮތްތަކެއް މާލެއިން އަތުލައިގެންފައިވާ ކަމަށެވެ.

މާލޭގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުއްޓާ ކަސްޓަމްސް އިން އަތުލައިގަތް ފޮތްތަކުގެ އަދަދު 109 އަށް އަރާކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

"އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެވިފައި ހުރި 109 ފޮތެއް މާލޭގައި ވިއްކުމަށް ބަހައްޓާފައި ވަނިކޮށް އެފޮަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް 30 އޮގަސްޓް 2019 ވަނަ ދުވަހު ވަނީ ގެނެވިފައި." ކަސްޓަމްސް އިން ވިދާޅުވިއެވެ.

އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ހުރި ފޮތްތަކެއް ވިއްކަން ބަހައްޓާފައި ހުއްޓާ ކަސްޓަމްގެ ބެލުމުގެ ދަށަށް ގެންދިޔަކަން ހާމަކުރެއްވި ނަމަވެސް އެ ފޮތްތައް އަތުލައިގަތީ ކޮން ފިހާރައަކުން ކަން އަދި އިތުރު އެއްވެސް ތަފްސީލެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.

މިފަދަ ހާދިސާއެއް ފެންމަތިވިއިރު، މީގެ ކުރިންވެސް އިސްލާމްދީނާ ޚިލާފު ތަކެތި ރާއްޖެ އެތެރެކޮށް އެހެން ދީންތައް ފެތުރުމަށް އެކި ގޮތްގޮތުން މަސައްކަތްތަކުރި މައްސަލަތައް ފެންމަތިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ޟިޔާ

    ނޮވެލްޓީ ބުކްފެއަރގައި ތިޔަފޮތްތައް ވިއްކަން ބަހައްޓާފައިހުރީ

  2. މީހެއް

    Thiothi ejendaa19gekulavarufennan fashaafa rahyithunsamaaluvee

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ