މާލޭ މަގުމަތިން ވެމްކޯގެ މުވައްޒަފަކަށް ހަމާލާދީފިއެވެ.
ފުލުހުން ވިދާޅުވީ، މީސްމީޑީއާގައި ދައުރުވަމުންދާ، ވެމްކޯ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
WAMCO kuni nagaa muvahziffakah magumathin hamalaa dhey video eh aanmu vehjje.@PoliceMv @IzmiaZahir @M_Hameedh pic.twitter.com/ScUeTnYJXG
— #MvCrisis ?? (@MvCrisis) August 31, 2019
"އެ މައްސަލައިގެ ތަޙްޤީޤު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މިހާރު ވަނީ ފަށާފައި." ފުލުހުން ވިދާޅުވިއެވެ.
އެސްލޯނު ހޮޅިބުރިއަކުން ޖަހައި ވެމްކޯ މުވައްޒަފަށް ހަމަލާދީފައިވަނީ، ގއ.ވިލިނގިލި، ބޮންތިގެ، ސުހުރާބު ރަޝީދެވެ.
ހަމަލާދޭ މަންޒަރުގެ ވީޑިއޯ މީސްމިޑީއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަގޮތުގައި ސުހުރާބު ވަނީ ވެމްކޯ މުވައްޒަފަށް އެތައް ފަހަރެއްގެ މަތިން ހަމަލާދީފައެވެ. އަދި އޭނާގެ ބޮލުގައިވެސް ހޮޅިބުރިން ޖަހާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ވެމްކޯ މުވައްޒަފަކު ޑިއުޓީއަށް ދިޔަ މަގުމަތީގައި، މާލޭ މަގުމަތިން ހަމަލާދިން މައްސަލައިގައި އެ ކުންފުނިން އަދި ފުލުހުންވެސް އިތުރު އެއްޗެއް އަދި ވިދާޅުވެފައެއް ނުވެއެވެ.





3 Responses
ރަށައް އަރާ ދުވަހަކުން ރަނގަޅަށް ތަޅާލަންވީ
އަހަރެން ދަރިޔަކަސް އަހަރެން ބުނާނީ ތިސޮރާހެދި މިހާރު ފޮރުއްޕާކައް ނެތޭ
ކޮބާ ތި ސުހުރާބު. ބާ ފޮށާގަނޑެއް ހޫރާލިހެން ބޯމަތިން ހޫރާލާނަން