މާލޭގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ތުނބުޅިން ބައެއް އުފުރާލައިފިއެވެ.
މި މާރާމާރީއަށްފަހު ދެމީހުން ފުލުހުންނާ މުއާމަލާތުކުރާ މަންޒަރުގެ ވީޑިއޯ މިހާރު ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.
މީސްމީޑިއާގައި ދަައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، މާރާމާރީ ހިންގި މީހަކާއި އަދި އިތުރު މީހަކު ފުލުހުންނާއި ވާހަކަދައްކާ މަންޒަރެވެ. އެމީހާ އުފުރާލި ތުނބުޅިވެސް އޭނާގެ އަތުގައި އޮންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި މާރާމާރީގައި ބައިވެރިވި މީހުންނާ ފުލުހުން، މާލޭ ފުޑްކޯޓް ސަރަހައްދުގައި މުއާމަލާތްކުރާ މަންޒަރު ވީޑިއޯއިން ފެނުނު ނަމަވެސް، ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
(އިތުރު ތަފްސީލު އަންނަނީ)



