ނިއުމާގެ "ނިވައިރޯޅި" ބައިސްކޯފަށް އަންނަނީ!

ދިވެހި ފިލްމް އިންޑަސްޓްރީ ދުއް އެންމެ ކުޅަދާނަ ބަތަލާ ނިޢުމާ މުހައްމަދުގެ ވަދާޢީ ފިލްމް "ނިވައިރޯޅި" ބައިސްކޯފުގައި ރިލީޒްކުރާކަން އިއުލާންކޮށްފިއެވެ.

ފިލްމް "ނިވައިރޯޅި" ބައިސްކޯފުން އޮންލައިން ސްޓްރީމްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު، މި ފިލްމް އެންމެ ފުރަތަމަ ބައިސްކޯފުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮގްސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް އިއްޔެ ބައިސްކޯފުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ބައިސްކޯފު އެޕްލިކޭޝަނުގެ ސެކިއުރިޓީ މަސައްކަތެއް ކުރެވެމުންދާތީވެ މި މަހުގެ ތެރޭގައި ފިލްމް ނިވައިރޯޅި އެ އެޕުގައި ރިލީޒްނުކުރާނެކަމަށެވެ.

އެހެންނަމަވެސް ސެޕްޓެމްބަރު މަހުގެ6 ވަނަ ދުވަހު "ނިވައިރޯޅި" ބައިސްކޯފަށް އަންނާނެކަމުގެ އުފާވެރި ޙަބަރު ބައިސްކޯފުން ވަނީ ދީފައެވެ.

ވިހި އަހަރަށްވުރެ ގިނަ ދުވަސްވީ ފިލްމީ ކެރިއަރު ނިންމާލުމުގެ ގޮތުން ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" މިއަހަރުގެ ޖެނުވަރީ މަހުގެ ކުރީކޮޅު ރިލީޒްކޮށްފައިވާއިރު، މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑޫ ތަރުޙީބެއް ލިބިގެންގޮސްފައިވެއެވެ.

ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ އިން ޕްރޮޑިއުސްކޮށް، މުއުމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނިވައިރޯޅި" އަކީ އެތައް ގިނަ ޢިބްރަތްތަކެއް ލިބިގެންގޮސްފައިވާ ފިލްމެކެވެ.

”ނިވައިރޯޅި“ ގެ ލީޑް ކާސްޓުންނަކީ ނިއުމާއާ އި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު ރަޝީދާ (އައިންތު)، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ)، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

"ނިވައިރޯޅި" ބައިސްކޯފަށް އަންނައިރު، މިއީ ނިއުމާގެ ފޭނުންނަށް ފިލްމް އަލުން ބަލާލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ