ވެހިކަލެއްގެ ޓަޔަރަށް ވައި ޖަހަނިކޮށް ޓަޔަރު ފަޅައިގެން ދިޔުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ތިލަފުށީ ބޯޓު ޔާޑު ސަރަހައްދުގައި މިއަދު ހިނގި މިހާދިސާގައި، ދެ މީހަކަށް އަނިޔާވެފައިވަނީ ޓަޔަރު ފަޅައިގެން ދިޔަ ވަގުތު ދެ މީހުން ވިއްސައިގެން ދިޔުމުގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވެފައިވާ ދެމީހުންނަކީ ދިވެއްސަކާއި ބިދޭސީއެއްކަމަށާއި، މިހާރު ދެ މީހުނަށްވެސް އައިޖީއެމްއެޖްގައި ދަނީ ފަރުވާދެމުންކަމަށެވެ.
މި ހާދިސާގައި، އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 20 އަހަރުގެ ބިދޭސީ އަކާއި 44 އަހަރުގެ ދިވެއްސެއް ކަމަށް މައުލޫމާތު ލިބެއެވެ.