ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އާންމު ވެހިކަލްތަކަށް ބަންދުކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ވަގުތީގޮތުން އާންމު ވެހިކަލްތަކަށް ބަންދުކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

މިކަން އަންގައި އެކޮމްޕެނީ ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީ. ވީ. އައި. ޕީ މޫވްމަންޓަކާއި ގުޅިގެން 2 އަދި 4 ސެޕްޓެމްބަރ 2019 ވާ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 07:00 އިން ފެށިގެން 10:00 އަށް އެއްގަމު އުޅަނދު ފަހަރުގައި އެއަރޕޯޓަށް މީހުން ބޭލުމަށް ހަމަޖެހިފައިވާ (ޓެކްސީ ޑްރޮޕް އޮފް) ހިސާބުން ފެށިގެން އާންމު ވެހިކަލްތަކަށް ބަންދުކުރެވިފައިވާކަމަށެވެ.

އަދި މިދެދުވަހު ޕެސެންޖަރުން ދަތުރުކުރާ އާންމު ބަސްތަކަށް (އެމް.ޓީ.ސީ.ސީ އަދި އެމް.ޕީ.އެލް) ހުޅަނގުފަރާތު ޕާކިންގ އާއި ހިސާބުން ބަންދުވާނެކަމަށްވެސް އެކޮމްޕެނީއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ