އާންމުކޮށްފައިވާ ވީޑިއޯއިން ނަގައިފައިވާ މަންޒަރެއް

ވަގެއްގެ ވީޑިއޯ އަނެއްކާވެސް މީސްމީޑިއާގައި އާންމުކޮށްފި

ފިހާރަތަކުން ވައްކަންކުރަމުންދާ ވަގެއްގެ ވީޑިއޯ އަނެއްކާވެސް މީސްމީޑިއާގައި އާންމުކޮށްލައިފި އެވެ.

މިރޭ މީސްމީޑިއާގެ ވެބްސައިޓެއް ކަމަށްވާ ޓުވިޓަރގައި ފާތުމަތު ޒަހާ ނަމަކަށް ކިޔާ މީހެއްގެ އައިޑީއިން މިވީޑިއޯ ހިއްސާކުރަމުން ލިޔެފައިވަނީ، "ފިހާރަތަކުން ވައްކަން ކުރަމުންދާ ވަގެއް، ތަކުރާރުކޮށް އެކި ފިހާރަތަކަށް ވަދެ މިމީހާ ދަނީ ވައްކަންކުރަމުން" ކަމަށެވެ.

ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ ފިރެހެނަކު ފިހާރައެއްގެ ހަރުތައް ކައިރީ ހުންނަ މަންޒަރެވެ. އަދި އިރަކޮޅަކު އެހުރިތަނުގައި ހުރުމަށްފަހު ކުރިމަތީގައިވާ ހަރުން ދެއެއްޗެއް ނަގައި ލައިގެން ހުންނަ ޓީޝާޓް ދަށަށްލައި ފޮރުވާ މަންޒަރެވެ.

މިވައްކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

މިފަހަކަށް އައިސް ވައްކަންކުރާ ފަރާތްތަކުގެ ވީޑިއޯ އާންމުކުރުންވަނީ އާންމުވެފައެވެ. މިގޮތުން މިދިއަ ހަފްތާގައި ހުޅުމާލޭގެ މަގެއްގެމަތީ ޕާކުކޮށްފައި އޮތް ޕިކަޕަކުން ބެޓަރިތަކެއް ވަގަށްނަގާ މަންޒަރުގެ ވީޑިއޯވެސް އާންމުކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ