ވީވީއައިޕީ މޮޓޮކޭޑްގައި ހިމެނުނު ފުރަތަމަ އަންހެން ފުލުހަކަށް އެލީނާ!

ދިވެހިރާއްޖޭގެ ފުލުހުންގެ ތެރޭގައި އަންހެނުން ގިނައެވެ. ނަމަވެސް ވީވީއައިޕީ މޮޓޮކޭޑުން އަންހެން ފުލުހުން މީގެ ކުރިން ފެނިފައެއް ނުވެއެވެ. ނަމަވެސް މިއަދު މިވަނީ ތާރީޚް މުޅިން ބަދަލުކޮށްލާފައެވެ.

ފުލުހުންގެ ވީވީއައިޕީ މޮޓޮކޭޑްގައި ފުރަތަމަ ފަހަރަށް ދިވެހި އަންހެން ފުލުހަކު ހިމެނި، ދިވެހި ތަރީޚް ބަދަލުކޮށްލާފައިވަނީ އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ރާއްޖެ ވަޑައިގެންނެވުމާއެކުގައެވެ.

ވީވީއައިޕީ މޮޓޮކޭޑްގައި ހިމެނުނު އެންމެ ފުރަތަމަ އަންހެން ފުލުހަކީ ޕޮލިސް ލާންސްކޯޕްރަލް އެލީނާ މޫސާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަންހެނުންނަށް ވާނެކަން ދައްކުވައިދީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ އެލީނާ މޫސާ ދެއްކި ނަމޫނާއަށް ފުލުހުންގެ މުއައްސަސާއިން ވަނީ ތައުރީފްކޮށްފައެވެ. އަދި ފުލުހުންގެ ތަރުޖަމާނު އިޒްމިއާ މޫސާވެސް ވަނީ އެކަން ފާހަގަކުރައްވައި އެލީނާއަށް ހިތްވަރުދެއްވާފައެވެ.

ވީއައިޕީ މޮޓްކޭޑްގައި ދިވެހި އަންހެން ފުލުހުން މީގެ ކުރިންވެސް ހިމެނިފައި ވީނަމަވެސް، ވީވީއައިޕީ މޮޓޮކޭޑްގައި ދިވެހި އަންހެން ފުލުހަކު ހިމެނުނު ފުރަތަމަ ދުވަހަކީ މީލާދީ ސަނަތުން 2 ސެޕްޓެމްބަރު 2019 ވީ ހޯމަ ދުވަސްކަމުން މިއަދަކީ ފުލުހުންގެ އަދި ޤައުމީ ތާރީޚްގައިވެސް ރަން އަކުރުން ފަވާލެވޭނެ ދުވަހެއްކަން ޤައިމެވެ.

އަންހެނުންނަށް ކުރުން ހުއްދަ މަސައްކަތްތަކުގައި ދެވެން އޮންނަ އެންމެ ކުރިއަކަށް ދަތުރުކޮށް އަންހެން ބާރުވެރިކުރުމަކީ ނުހަނު މުހިންމު ކަމެއްކަމުން ޕޮލިސް ލާންސްކޯޕްރަލް އެލީނާ މޫސާއަށް ނުހަނު މަރުޚަބާ އަރިސްކުރަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. މީހެއް

    Haikal

  2. މީހެއް

    މަރުހަބާ ތިއްދެއްކި ކެރިގެން ތި ދެއްކި ހިތްވަރަތް މަރުހަބާ އެލީނާ ސާރވިސް ރީތި ނަމެއް ހޯދާ ތިއްދެވީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ