މަޖިލިސް އިންތިޚާބަށް ގާސިމް ފޯމު ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާ އަށް ވާދަކުރައްވުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިއެވެ.

ގާސިމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ހޯމަ ދުވަހު ފޯމު ހުށަހެޅުއްވީ ގާސިމްގެ އިންތިހާބީ އެޖެންޓް އަދި ޖޭޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މޫސާ މުސްތާގުއެވެ.

މާމިނގިލީ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވަނީ ގާސިމް ކަމަށްވާއިރު، މިއީ އޭނާ އެ ދާއިރާގެ މެމްބަރުކަން ކުރައްވާ ދެވަނަ ދައުރެވެ. ގާސިމްގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފަށްޓަވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އދ.ފެންފުށީގައެވެ.

ސަރުކާރު ކޯލިޝަނުގެ އެއް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްއާ ވާދަކުރައްވަން އެ ދާއިރާއަށް އެމްޑީޕީން ނެރެނީ ޢަލީ އާޒިމެވެ. މީގެއިތުރުން އެމްޑީޕީގައި ކުރިން އުޅުއްވި އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕަ) ވެސް އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރައްވައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ