ސީއެމްޑީއޭގެ ސީއީއޯ, ނާދިޔާ އިސްތިއުފާ ދެއްވައިފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސީއެމްޑީއޭއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީގެ ސީއީއޯ ގެ މަޤާމުގައި ހުންނެވި މއ ރަސްފަރި، އަލްފާޟިލާ ނާދިޔާ ޙަސަން 29 އޯގަސްޓް 2019 ގައި އެ މަޤާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

މި ބަޔާނުގައި ބުނެފައި ވަނީ ނާދިޔާ އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ އޮތޯރިޓީއަށް ސީއީއޯ އެއް އައްޔަން ކުރެވެންދެން 01 ސެޕްޓެމްބަރު 2019 އިން ފެށިގެން އެކްޓިންގ ސީއީއޯގެ ގޮތުގައި، އެ އޮފީސް ހިންގުމާއި ހަވާލުވެ ހުންނަވާނީ އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް، ހެޑް އޮފް މަރކެޓް ޑިވެލޮޕްމެންޓް ޑިޕާޓްމަންޓް އަލްފާޟިލާ ފާޠިމަތު އަބްދުﷲ ކަމާލުއްދީން މއ. އާނުވެލި ކަމަށެވެ.

އެ އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ނާދިޔާ އައްޔަންކޮށްފައި ވަނީ، 2016 ވަނަ އަހަރުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ