ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ ޖަމީލް އިސްތިއުފާ ދެއްވައިއެވެ.
އިސްތިއުފާ ދެއްވި ގާޒީ ޖަމީލަކީ، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިސޮލިއުޝަން ސެކްޝަނުގައި މަސައްކަތް ކުރައްވަމުން ގެންދެވި ގާޒީއެކެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.
ސިވިލް ކޯޓުގެ ގާޒީ ޢަބަދުﷲ އިސްތިއުފާ ދެއްވާފައި މިވަނީ، އެމްޑީޕީން ފަނޑިޔާރުން އިސްލާހު ކުރުމަށް ގޮވާލާ، އެކަމުގެ މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހްވެސް ވިދާޅުވެފައި ވަނީ ފަނޑިޔާރުންނަކީ ޖަވާބުދާރީ ކުރެވެން ޖެހޭ ބައެއް ކަމަށާއި ރާއްޖެ އިސްލާހު ކުރުމަށް އެންމެ މުހިއްމު ކަމަކީ ފަނޑިޔާރުގެ އިސްލާހުކުރުން ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަށާފައިވާ ކަންކަމަށް އެއްބާރުލުން ދެއްވުމަށްޓަކައި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމްވެސް ވަނީ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ގާޒީކަމުން އިސްތިއުފާ ދެއްވާފައެވެ.




