ރައީސް ޞޯލިޙަށް ކޫއްޑޫއިން މަރުޚަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

"މަސްވެރި އެކައުންޓް" ހުޅުވަން ރައީސް ޞޯލިޙް ހުަވަދު އަތޮޅަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށާއި، ކޫއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި ދާދި ދެންމެ ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޫއްޑޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

"މަސްދޯނި އެކައުންޓް" އިފްތިތާޙްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ގއ. އަތޮޅު ކައުންސިލާއި، ވިލިނގިލި ކައުންސިލާ ބައްދަލުކޮށްލެއްވުމުގެ އިތުރުން ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް