މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯ ރޭގައި ބަންދުވިއިރު، އެހެން ކްބަކަށް ދިއުމުގެ ފުރުޞަތު ނުލިބި ނޭމާއަށް ޕީއެސްޖީގައި މަޑުކުރަން ޖެހިންޖެއެވެ.
ނޭމާ ޕީއެސްޖީ އެނބުރި ސްޕެއިންއަށް ބަދަލުވާ ބޭނުންވެފައިހުރި މިދަނޑިވަޅުގައި ނޭމާ އަލުން ބާސެލޯނާއަށް ގެންދެން އެންމެ ފަހު ދުވަހާ ޖެހެންދެންވެސް އެކްލަބުން ވަރަށް މަސައްކަތްކޮށްފައިވެއެވެ. ޚުދު ނޭމާވެސް އެނބުރި ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަމަށްވެސްވަނީ ބުނެފައެވެ.
ބާސެލޯނާގެ އިތުރުން ރެއަލްމެޑްރިޑުންވެސް ނޭމާ ހޯދުމަށް މަސައްކަތް ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ނޭމާއަށް ހުށަހެޅުނު އެއްވެސް ހުށަހެޅުމެއް ޕީއެސްޖީން ޤަބޫލުކޮށްފައެއް ނުވެއެވެ.
ޕީއެސްޖީއިން ނޭމާ ވިއްކާލަން ބޭނުންވަނީ 170 މިލިއަން ޔޫރޯކަމަށް ރިޕޯޓްތައް ބުނާއިރު، ބެލެވޭ ގޮތުގައި އެފަދަ ބޮޑު ހުށަހެޅުމެއް ނޭމާއަށް ހުށަހެޅިފައެއް ނުވެއެވެ.
ޕީއެސްޖީ ދޫކޮށް އެހެން ކްލަބަށް ބަދަލުވުމުގެ ފުރުޞަތު ނެތްކަން އެނގުމުން ބަލި ޤަބޫލުކޮށް ޕީއެސްޖީގައި މަޑުކުރަން މީގެ ދެދުވަސްކުރިން ނޭމާވަނީ ނިންމާފައެވެ.
ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ނޭމާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ.




