ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގައި މާފުށީގައި ބަންދުކޮށްފައި ހުރި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފިއެވެ.
ރައީސް ޔާމީން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ކަރެކްޝަންސް ސަރވިސަސް އިން ގެނެސްފައިވަނީ ދާދި ދެންމެއެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިނގިލީ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ކަރެކްޝަންސް ސަރވިސް އިން އައިޖީއެމްއެޗަށް ގެނެސްފައިވަނީ "ރޫޓިންގ ޗެކް" އެއް ކަމަށް ބުނެ ކަމަށެވެ.
Routine Check eh kamah bune @correctionsMV in Raees Yamin IGMH Hospital ah Genesfi. @VaguthuOnline @sunbrk pic.twitter.com/SB88vs1ryZ
— Ahmed Nihan (@ahmed_nihan) February 20, 2019
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ފައިސާ ބަހާލި އެސްއޯއެފްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލަ ބަލާ ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސިއްހީ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، އައިޖީއެމްއެޗަށް ގެންނަން ރިކުއިސްޓް ކޮށްފައި ނުވާނެ ކަމަށެވެ.