ކުޅުދުއްފުށި އަމީނީމަގު - ފޮޓޯ: ފެށުން

ކުޅުދުއްފުށީގައާއި، އިހަވަންދޫގައި ގެ ނާޅާ ހުރި ގެވަޅުތަކުގައި ސްކީމެއްގެ ދަށުން ގެ އަޅައިދެނީ

ކުޅުދުއްފުއްޓާއި، އިހަވަންދޫގައި ގެ ނާޅާ ހުރި ގެވަޅުތަކުގައި ސަރުކާރުގެ ހައުސިންގ ސްކީމްގެ ދަށުން ގެ އަޅަން ބޭނުންވާ ފަރަތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. 

900 އަކަފޫޓު ހިމެނޭ ބިންތަކުގައި މިގޮތަށް ގެ އަޅައިދިނުމަށް ހަމަޖެހިފައިވާއިރު، ބޭނުންނުކޮށް ހުރި ގެވަޅުތަކުގައި ގެ އަޅައިދިނުން، ސަރުކާރުގެ ސްކީމްގައި ހިމަނާފައިވަނީ ގެ އެޅުމުގައި މާލީ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުންނެވެ.

އަދި މިކަމަށް އެދޭ ކުޅުދުއްފުށީގެ ރައްޔިތުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެރަށު ކައުންސިލަށް ހުށަހަޅަން ހަމަޖެހިފައިވާއިރު، އިހަވަންދޫ ރައްޔިތުން ލިޔުން ހުށައަޅަންޖެހެނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އިހަވަންދޫ ކައުންސިލަށެވެ.

މިސްކީމްގެދަށުން އަޅައިދިނުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ ގެތަކެވެ.

ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުގެ މިންވަރު ދެނެގަތުމަށް މަސައްކަތް ކައުންސިލްތަކާއި ގުޅިގެން ހައުސިން މިނިސްޓްރީއިން ކުރަމުން ގެންދާއިރު، ސަރުކާރުންވަނީ ރަށްރަށުގައި އަޅާނީ ފްލެޓްތޯ ނުވަތަ ރޯހައުސްކަން ނިންމާނީ ކައުންސިލްތަކުން ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ